MPL

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ސޭފްޓީ ވީކް ޕްރޮގްރާމުގައި، ފުލުހުން  ސެޝަނެއް ނަގައިދީފިއެވެ.

ޑިސެމްބަރު 26 ވަނަ ދުވަހު މޯލްޑިވްސް  ޕޯޓް ލިމިޓެޑުގެ ކުލާސްރޫމެއްގައި ކުރިއަށް ގެންދިޔަ މި ސެޝަނަކީ މޯލްޑިވްސް  ޕޯޓް ލިމިޓެޑުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމުގެ ގޮތުުން ހޭލުންތެރިކަން އިތުރު ކުރުމަށް ހިންގާ ޕްރޮގްރާމުގައި، އެ ބޭފުޅުންގެ އެދުމުގެ މަތިން ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން  ނަގައދީފައިވާ ސެޝަނެކެވެ.

މި ސެޝަނުގައި މޯލްޑިވްސް  ޕޯޓް ލިމިޓެޑުގެ މުވައްޒަފުުން މަސައްކަތުގެ މާހައުލުގައި އުޅޭއިރު ހަށިގަނޑާއި ފުރާނައާ މެދު ސަމާލުކަން ދިނުމަށާއި، އެ މާހައުލަކީ ތަފާތު އެކި ވައްތަރުގެ ގިނަ އުޅަނދު ބޭނުން ކުރަންޖެހިފައިވާ ތަނެއްކަމަށްވީތީ، ކުއްލިއަކަށްވެސް ނުރައްކާތެރި ކަމެއް ހިނގައިފާނެކަމަށް ތައްޔާރުވާނެ ގޮތްތައް ބުނެދީފައިވެއެވެ. މީގެއިތުރުުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ބައިވެރިން އަހުލުވެރި ކުރުވާފައިވެއެވެ.

މި ސެޝަނުގައި މޯލްޑިވްސް  ޕޯޓް ލިމިޓެޑުގައި މަސައްކަތްކުރާ 30 މުވައްޒަފުން ބައިވެރިވެފައިވާއިރު، މި ސެޝަން ނަގައިދީފައިވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މިފަދަ ސެޝަންތައް ނަގައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.