viber_image_2019-12-25_08-58-20

ފުލުހުންގެ ޚިދުމަތް، ރައްޔިތުންނާއި ގާތުން ދިނުމަށް “ނެއިބަރހުޑް ޕޮލިސިންގ” ގެ ހިދުމަތް އިހަވަންދޫގައި ރަސްމީކޮށް ފެށުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ނެއިބަރހުޑް ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް އެރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

ޑިސެމްބަރ 26 ވަނަ ދުވަހު އެރަށުގައި ފެށުމަށް ހަމަޖެހިފައިވާ ނެއިބަރހުޑް ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ޑިސެމްބަރު 24 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތަކީ ގްރީން ނެއިބަރހުޑުން އިންތިޒާމްކޮށްގެން ރައްޔިތުންނާ ފުލުހުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގައި ގްރީން ނެއިބަރހުޑް ހިމެނޭ ސަރަޙައްދު އަތިރިމަތި، ހޭޅިފަށުގައި ހުރި ކުނި، ފުޅި އަދި ބާދަގަނޑު ފަދަ ކުނިބުނި ނަގާ ސާފުކޮށްފައިވެއެވެ. މި ހަރަކާތުގައި އިހަވަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި އެނެއިބަރހުޑްގައި ދިރިއުޅެމުންދާ ރައްޔިތުން ބައިވެރިވެފައިވެއެވެ.