ނޫސްބަޔާން ނަންބަރު:PMC/2019/20

ޏ.ފުވައްމުލައް / މާދަޑު. ކަރިއްޔާވިލާ، މުޙައްމަދު އަމީން ގިނަދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާޢަތްތަކަށާއި، ހަނގުރާމަވެރި ޖަމާޢަތްތަކުގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން މީހުން ރެކްރޫޓްކޮށް، ހަނގުރާމައަށް މީހުން ފޮނުވަން ޢަމަލީގޮތުން ޙަރަކާތްތެރިވެ، އެކަމަށް އެހީތެރިވެދީ، ވާގިވެރިވާކަމަށް ތުހުމަތުކުރެވޭތީ އާއި އަދި ދުނިޔޭގެ އެކި ޤައުމުތަކުގައި ޙަރަކާތްތެރިވާ ޓެރަރިސްޓް ޖަމާޢަތްތަކަށް ވާގިވެރިވުމުގެގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯރޓް ދިނުމާއި، ދުނިޔޭގެ އެކި ޤައުމުތަކުގައި ޙަރަކާތްތެރިވާ ޓެރަރިސްޓް ޖަމާޢަތްތަކުގެ އިސްފަރާތްތަކާއި ގާތް ގުޅުމެއް ބާއްވާ، އެފަދަ ޖަމާޢަތްތަކުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި މުޙައްމަދު އަމީން އިސްކޮށް ޙަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ތަޙްޤީޤުކުރުމަށްފަހު ޏ.ފުވައްމުލައް / މާދަޑު. ކަރިއްޔާވިލާ، މުޙައްމަދު އަމީންގެ މައްޗަށް ދަޢުވާކޮށްދިނުމަށްއެދި 2019 ޑިސެމްބަރ 01 ވަނަ ދުވަހު މިމައްސަލަ ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

06 ރަބީޢުލްއާޚިރު 1441
03 ޑިސެމްބަރ 2019