ނޫސްބަޔާން ނަންބަރު:PMC/2019/11

މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްޤީކުރުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމަށްފަހު އެރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާއަށް ޚިޔާނާތްތެރިވެ އެފައިސާ ލޯންޑަރކޮށްފައިވާ މައްސަަލައާއި، ބޭރުފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމް.އެމް.ޕީ.އާރް.ސީ.އަށް ފައިސާ ނެގުމަށްފަހު އެފައިސާއަށް ޚިޔާނާތްތެރިވެ އެފައިސާ ލޯންޑަރކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ތަޙްޤީޤްކުރެވެމުންދާ ހ.ސާމަރާ، އަޙްމަދު އަދީބް ޢަބްދުލްޣަފޫރު 2019 ޖުލައި 31 ވަނަ ދުވަހުގެ 14:00 އަށް ތަޙްޤީޤަށް ހާޒިރުވުމަށް އެންގިފައިވަނިކޮށް ތަޙްޤީޤަށް ހާޒިރުނުވެ އަދި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވަނިކޮށް ފިލައިގެން ކަނޑުމަގުން ރާއްޖެއިން ބޭރަށްދިޔަ މަގުމަތީގައި ވަނީ ހިފެހެއްޓިފައެވެ. އަދި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ރާއްޖެއަށް ގެނައުމުގެ މަސައްކަތް އެކުވެރި ޤައުމުތަކާއި ގުޅިގެން މި ސަރވިސްއިން މި ގެންދަނީ ކުރަމުންނެވެ. އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ފިލުވުމުގައި ބައިވެރިވެ އެހީތެރިވި ފަރާތްތަކުގެ މައްސަލަ ތަޙްޤީޤްކޮށް އެފަރާތްތަކާއި މެދު ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމުގައި މި ފުރުޞަތުގައި ދަންނަވަމެވެ.

29 ޛުލްޤަޢިދާ 1440
1 އޯގަސްޓް 2019