police3

މާލެ، ދޮންމަސް ފްރެޝް ފިހާރަ ކައިރިން ހޮވައިގެން ގެނެސްފައިވާ 100 ރުފިޔާގެ ނޫޓެއްގެ ވެރިފަރާތެއް މިހާތަނަށް ދެނެގަނެވިފައިނުވާތީ، މި ރުފިޔާގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިފައިސާއަކީ 2019 ނޮވެމްބަރ 28 ވަނަ ދުވަހު ދޮންމަސް ފްރެޝް ފިހާރަ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 100 ރުފިޔާއެވެ.

ވީމާ މިފައިސާގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.