ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މޮހައްމަދު މުބާރަކް ހޮސައިން (51އ) --
ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މޮހައްމަދު މުބާރަކް ހޮސައިން (51އ) --

މުލަކަތޮޅު މުލީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް މީހަކު ޙާޟިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ޙާޟިރު ކުރެވިފައިނުވާތީ އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މޮހައްމަދު މުބާރަކް ހޮސައިން (31އ) (ޕާސްޕޯޓު ނަންބަރު:AB1297440) އެވެ.

ވީމާ މުޙައްމަދު މުބާރަކް ހޮސައިން 2019 ޑިސެމްބަރު 09 ވަނަ ދުވަހުގެ 10:00 އަށް  މުލީ ޕޮލިސް ސްޓޭޝަނަށް ހާޟިރުވުން އެދެމެވެ. އަދި މުހައްމަދު މުބާރަކްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މުލީ ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9980067 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.