viber_image_2019-12-02_10-45-00

ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުންނާއި ސްޕެޝަލް ކޮންސްޓެބެލެރީ ފުލުހުން، މަސްއޫލިއްޔަތު އަދާކުރުމަށް ނުކުތުމުގެ ކުރިން ކުރަންޖެހޭ ގާނޫނޫ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް ޢަބްދުﷲ ޢަލީއެވެ.

މިރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވުމަށްފަހު ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް ޢަބްދުﷲ ޢަލީ ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ހުވަޔަކީ ވަރަށް އަގުހުރި އެއްޗެއްކަމާއި މާތް ﷲ ގަންދީ ހުވާކޮށްގެންހުރެ ހުވަޔާއި ޚިލާފުވެއްޖެނަމަ އެކަމުގެ އުޤޫބާތް އެމީހަކަށް ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި ހުވާގެ މުހިންމުކަމާ ބެހޭގޮތުން އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.

viber_image_2019-12-02_10-45-13

މިރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް  ގުޅުނު 56 ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބްލަރީ 6 ފުލުހުންނާއެކު ޖުމްލަ 62 ފުލުހުންނެވެ.  މިރަސްމިއްޔާތުގައި، ހުވާކުރުމަށްފަހު ހުވާގެ ލިޔުމުގައި ފުލުހުން ސޮއިކޮށްފައިވެއެވެ.