
ރ. ވާދޫ ހުޅަނގުފަރާތު ފަޅުތެރޭގައި އަޅާފައި އޮއްވާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ލޯންޗެއް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ވާދޫ ހުޅަނގުފަރާތު ފަޅުތެރޭގައި އަޅާފައިއޮތް ރަޖިސްޓްރީ ނަންބަރު: E5518B-02(09-A) “ނާނު-1 ނަމަކަށްކިޔާ މި ލޯންޗު ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ނޮވެމްބަރު 25 ވަނަ ދުވަހުގެ ވަގުތެއްގައެވެ.
މި ލޯންޗު އެންމެ ފަހުން ފެނިފައިވަނީ 2019 ނޮވެމްބަރު 24 ވަނަ ދުވަހުގެރޭ 20:00 އެހާކަންހާއިރު ވާދޫ ފަޅުތެރެއިންނެވެ.
މި ލޯންޗާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ރ. އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9992245 އަށް ނުވަތަ އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791508 ނުވަތަ ޕޮލިސް ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.