Ihavandhoo

ހއ. އިހަވަންދޫ ކައުންސިލުން އިސްނަގައިގެން، އެރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން އަޟްޙާ ޢީދު ފާހަގަކުރުމަށް “ބަދަހި ޢީދު” ގެ ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ފުލުހުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެގޮތުން ޢީދު ދުވަހުގެ ޢީދު ނަމާދަށް ފަހު ކުރިއަށްގެންދިޔަ ޢީދު ހަދިޔާ ބެހުމާއި އެދުވަހު ހަވީރު ކުރިއަށް ގެންދިޔަ ކުޑަ ކުދިންގެ ހަވީރުގައި ފުލުހުން ވަނީ ބައިވެރިވެފައެވެ. މިހަވީރުގައި ކުޑަ ކުދިންނަށް ޚާއްސަކޮށްގެން ސްޓޯލެއް ތައްޔާރުކޮށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ކުދިންގެ އުމުރާ އެކަށީގެންވާ ގޮތަށް މަޢުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން ކުޑަކުދިން ފުލުހުންގެ ޔުނީފޯމް ލައިގެން ފޮޓޯ ނެގުމާއި އެކިކަހަލަ ކުޅިވަރުތައް ކުޅުމުގެ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.