Molhadhoo

 ހއ. މޮޅަދޫގައި ދިރިއުޅޭ ބިދޭސީން ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރި ކުރުވައި ހޭލުންތެރިކުރުވުމަށާއި ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

އޮގަސްޓް 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ބިދޭސީންނާއި ގުޅުންހުރި މައްސަލަތަކާއި އެފަދަ މައްސަލަތައް ހުއްޓުވުމަށް މަސައްކަތްކުރުމާއި މަސައްކަތުގެ މާހައުލުގައި ބިދޭސީންނަށް ދިމާވާ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ދީފައިވެއެވެ.

އަދި މުޖުތަމަޢު ތެރޭގައި އުޅޭ އިރު ބިދޭސީންގެ ފުށުން ކުރިމަތިވާ ޖިނާޢީ ކުށްތަކާއި އެކުށްތަކުން ދުރުހެލިވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

އަދި ބިދޭސީންގެ ދަފްތަރު އެކުލަވާލުމަށްޓަކައި ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދާފައިވެއެވެ.