Swim

ގއ. ކޮލަމާފުށީގައި ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމާއި މޫދު ކަސްރަތު ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

މި ދެ ޕްރޮގްރާމު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމަށް އޮގަސްޓް 9 ވަނަ ދުވަހުގެރޭ ކޮލަމާފުށި ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ ގއ. އަތޮޅު ކޮމާންޑަރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިމާދު ޢަބޫބަކުރެވެ.

މި ދެޕްރޮގްރާމުގެ ތެރެއިން ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމަކީ ކޮލަމާފުށީ ސްކޫލުގެ އެދުމުގެ މަތިން އެސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން 2019 ޖުލައި 19 ން އޮގަސްޓް 9 ވަނަ ދުވަހުގެ ނިޔަލަށް ފުލުހުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އެސްކޫލުގެ ގްރޭޑް 2 ން މަތީ ގްރޭޑްތަކުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން 75 ދަރިވަރުން  ވަނީ ޕްރޮގްރާމް ފުރިހަމަކޮށް ލިޔުން ހާސިލްކޮށްފައެވެ.

Aqua

ކޮލަމާފުށީގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2019 ޖުލައި 19 ން އޮގަސްޓް  9 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމަކީ ކޮލަމާފުށީގައި މަސައްކަތްކުރާ ފުލުހުންނާއި ކޮލަމާފުށީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އެރަށުގެ ކަނބަލުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި 82 ފަރާތަކުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.