މާފުށީ ޖަލަށް އެތެރަކުރަން އުޅުނިކޮށް، ހޯދާފައިވާ ތަކެތި --
މާފުށީ ޖަލަށް އެތެރަކުރަން އުޅުނިކޮށް، ހޯދާފައިވާ ތަކެތި --

 

ކ. މާފުށީ ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރި ތަކެތި ހޯދައި، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން މިތަކެތި ހޯދާފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޮގަސްޓް 9 ވަނަ ދުވަހުގެރޭ 20:20 އެހާކަންހާއިރު، މާފުށީ ޕްރިޒަންގައި މަސައްކަތްކުރާ އޮފިސަރުންނާއެކު މާފުށި ޖަލު ހުޅަނގުފަރާތު ފެންސްކައިރި ބަލައިފާސްކުރިއިރު އެފެންސް ކައިރިންނެވެ.  މިތަކެތީގެ ތެރޭގައި ހިމެނެނީ 21 ފޯނާއި 11 ފޯނު ޗާޖަރާއި 6 ހެޑްސެޓެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވެއެވެ. އަދި މި މައްސަލަ މާފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.