Addu

ޕޮލިސް އެކަޑަމީއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް ގުޅިގެން، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ގުޅޭގޮތުން ތަމްރީނު ޕްރޮގްރާމެއް އައްޑޫސިޓީގައި ކުރިއަށް ގެންގޮސްފިއެވެ.

އޮގަސްޓް 07 އިން 08 އަށް ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރާނެ ގޮތްތައް ދަސްކޮށްދީފައިވެއެވެ. އަދި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކުރަންވީ ކަންކަމާއި އެފަދަ ޙާލަތެއްގައި އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތައް ބުނެދީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އަލިފާން ނިއްވުމަށް މަސައްކަތްކުރާނެ ގޮތްތައް ދަސްކޮށްދީފައިވެއެވެ.

މިތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދެއްވާފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އައްޑޫސިޓީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ކަމުގެ ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނެވެ.