Vilufushi

ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ވިލުފުށީ ޕޮލިސް ސްޓޭޝަނާއި ވިލުފުށީ މުއައްސަސާތަކާއި ކުލަބް ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

މި ނޮވެމްބަރު މަހުގެ 9 ވަަނަ ދުވަހުގެ ރޭ ވިލުފުށީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ހަނދާނީ ލިޔުން ބައްސަވައި ދެއްވީ ވިލުފުށީ ކައުންސިލްގެ ރައީސް ޙުސައިން އަބްދުއް ސަލާމްއެވެ.

ފާއިތުވީ އޮކްޓޯބަރު މަހުގެ 27 އިން މި ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުުރުމުގެ މުހިންމުކަމާއި، މޫދު ކަސްރަތުން ލިބޭ ފައިދާތަކާއި ކަސްރަތު ކުރާއިރު ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގައި 36 ބައިވެރިންނަށް ހަނދާނީ ލިޔުން ދީފައިވެއެވެ.