20191109_125458

ދ. ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު ތަޢުލީމީ މަރުކަޒުގެ ގަރލް ގައިޑުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ކުޑަހުވަދޫ ޕޮލިސްއާއި، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި، ދ. އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެން، މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި، ފެތުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމުގެ އިތުރުން މޫދަށް އެރިއުޅުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގައި އެ ސްކޫލްގެ 10 އަހަރާއި 16 އަހަރާ ދެމެދުގެ ގަރލް ގައިޑު 100 ދަރިވަރުން ބައިވެރިވެއެވެ. އަދި ފަތަން ދަންނަ އިތުރު 10 ގަރލް ގައިޑުންނަށް، ފެތުމުގެ އެޑްވާންސް ޕްރޮގްރާމެއް ވެސް މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ސްކޫލް ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމަށް މިފަދަ ޕްރޮގްރާމްތައް ސިލްސިލާކޮށް ފުލުހުންދަނީ ހިންގަމުންނެވެ.