20191108_201047

ޗުއްޓީއަށް ދާއިރު ސަމާލުވާންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ރަސްފަންނުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި، ޗުއްޓީއަށް ދިއުމުގެ ކުރިން މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު އެ ސަރަހައްދުގައި، އަޑުގަދަކުރާ ބޭނުންކޮށްގެން ދީފައިވެއެވެ. އަދި އެ މަޢުލޫމާތު ހިމެނޭ ލީފްލެޓް ބަހާފައިވެއެވެ.

20191108_201205

މީގެ އިތުރުން ހޮސްޕިޓަލް ތަކުގައި ބަލި މީހުން ކައިރީގައި ތިބޭއިރު ގެންގުޅޭ ފޯނާއި ވޮލެޓް ފަދަ ތަކެއްޗަށް ރައްކާތެރިވުމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އެއްގަމު އުޅަނދު ދުއްވުމުގައި ރައްކާތެރިވެ ސަމާލުކަންދޭންޖެހޭ ކަންކަމާއި މަގުފޭރުން ފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.