RaiymandhooCouncilMeeting

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ޤާއިމުކޮށް އާންމު ރައްޔިތުން ހޭލުންތެރި ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މ. ދިއްގަރު ޕޮލިސް ސްޓޭޝަނުން ރަތްމަންދުއަށް ޒިޔާރަތްކޮށް އެރަށުގައި ހުރި މުއައްސަސާތަކާއި ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

މި ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ރަށު ކައުންސިލް އިދާރާއާއި ރަތްމަންދޫ ސްކޫލާއި  ހެލްތު ޕޯސްޓް އަދި މެޖިސްޓްރޭޓް ކޯޓުގެ އިސްފަރާތްތަކާ ބައްދަލުކޮށްފައިވެއެވެ.

އެގޮތުން ރައްޔިތުން ހޭލުންތެރި ކުރުމާއި ކުށްމަދު އަމާން މާހައުލެއް ރަށުގައި ދެމެހެއްޓުމަށް ފުލުހުންނާއި އެ މުއައްސަސާތައް ގުޅިގެން ހިންގިދާނެ ޕްރޮގްރާމްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ސްކޫލް ދަރިވަރުންނާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވިދާނެ ޕްރޮގްރާމްތަކާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

މީގެ އިތުރުން ރަށުގެ ގޭބިސީތަކަށް ޒިޔާރާތްކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި އާންމު ދިރިއުޅުމުގައި ރައްޔިތުން ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.