Traffic flow

ޖުމްޙޫރީ ދުވަހުގެ ރަސްމީ ޖަލްސާ 2019 ނޮވެމްބަރ 10 ވަނަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، ދަރުބާރުގެ ހިމެނޭ ސަރޙައްދުގެ ޓްރެފިކަށް ގެނެވޭ ބަދަލު ތިރީގައި މިދަންނަވަނީއެވެ.

2019 ނޮވެމްބަރ 09 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޗާޓުގައި ރީނދޫކުލައިން ފާހަގަކޮށްފައިވާ ސަރަޙައްދުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެންގެވުމަށް ދަންނަވަން.

2019 ނޮވެމްބަރ 09 ވަނަ ދުވަހުގެ 16:00 ން 2019 ނޮވެމްބަރ 10 ވަނަ ދުވަހުގެ 23:59 އާއި ދެމެދު ޗާޓުގައި ރީނދޫ ކުލައިން ފާހަގަކޮށްފައިވާ ސަރަޙައްދުގައި ޕާކުކޮށްފައި ހުންނަ އުޅަނދު ޓޯވ ކުރަމުންގެންދާނެ ވާހަކަ ދަންނަވަން.

2019 ނޮވެމްބަރ 10 ވަނަ ދުވަހުގެ 19:00 ން ފެށިގެން ޖަލްސާ ނިމެންދެން ޗާޓުގައި ރަތްކުލައިން ފާހަގަކޮށްފައިވާ ސަރަޙައްދު އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެއެވެ.