Inguraidhoo council meeting

ނޮދަން ޑިވިޜަން ޕޮލިސް ކޮމާންޑްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް، ރ. އިނގުރައިދޫ ކައުންސިލް އިދާރާގެ އިސްވެރިންނާ ބައްދަލު ކުރައްވައިފިއެވެ.

މި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ކުރިއަށް ގެންްދިޔަ މި ބައްދަލުވުމުގައި، މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންގެ ހާލަތު ދެނެގަންނާނެ ގޮތްތަކާއި، މަސްތުވާތަކެތިން ސަލާމަތްވެ ތިބުމަށް ކުރެވިދާނެ މަސައްކަތްތަކާއި ރައްޔިތުން ހޭލުންތެރި ކުރެވިދާނެ ގޮތްތަކާ އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމަށް ގާއިމު ކޮށްފައިވާ މަރުކަޒުތަކުގެ ހާލަތްތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްސާކުރެއްވިއެވެ.

އަދި ކައުންސިލުން ކުރިއަށް ގެންދިއުމަށް ރާވާފައިހުރި އިޖްތިމާޢީ ކަންކަމުގައި ފުލުހުން ބައިވެރިވުމާއި ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި، ޢަބްދުﷲ ޝަރީފްގެ އިތުރުން ސްޕްރިންޓެންޑެންޓް އޮފް އަޙްމަދު ޝާކިރާއި، ނޯތު ޕޮލިސް ޑިވިޜަން ކޮމާންޑަރ މުޖްތަބާ ޢަބްދުލްސައްތާރާއި، އިނގުރައިދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖްގެ އިތުރުން އިނގުރައިދޫ ކައުންސިލް އިދާރާގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.