FCPD

ފުލުހުންނާއި ޔުނިސެފް އާ ގުޅިގެން މިއަހަރުގެ ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ހއ. އަތޮޅުގައި ފާހަގަކުރުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ކުރިއަށްގެންދާނެ ޕްރޮގްރާމްތަކާއި ކުޑަކުދިންނާއި ގުޅުންހުރި ހުރިހާ މުއައްސަސާތަކުން ގުޅިގެން ހޭލުންތެރިކުރުމުގެ ގޮތުން ކުރެވިދާނެކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ހއ.އަތޮޅުގައި މި ހަރަކާތް ކުރިއަށްގެންދާ ރަށްތަކާއި ގުޅޭގޮތުންނާއި  މިދުވަސް ފާހަގަކުރުމުގެ ގޮތުން މިހާތަނަށް ހަމަޖެހިފައި ހުރި ކަންކަމުގެ އިތުރުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުން ހާސިލްވާނެ މިންވަރާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

FCPD2

މި މަޝްވަރާ ބައްދަލުވުމުގައި ޖުވެނައިލް ޖަސްޓިސް ޔުނިޓާއި ޖުވެނައިލް ކޯޓާއި ފެމެލީ ލީގަލް ކުލިނިކާއި، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަނާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެޑްވަރކޭޓިންގ ރައިޓް އޮފް ޗިލްޑްރެންސްއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ ސޯޝަލް ސަރވިސަސް ގެ އިތުރުން ކުރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ޑުރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ޓްރެފިކް ޕޮލިސް ޑިޕާރޓްމަންޓާއި ޕޮލިސް މީޑިއާ ސެންޓަރުން ބައިވެރިވެފައިވެއެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންް ޑިޕާޓްމަންޓާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކޮންމެ އަހަރެއްގެ ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހަރަކާތްތައް ކުރިއަށް ގެންދެއެވެ.