Litus helmet

ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ލިޓަސް އިން ހެލްމެޓް ހަދިޔާ ކޮށްފިއެވެ.

ހެލްމެޓް ހަދިޔާ ކުރުމަށް އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން މި ހެލްމެޓްތަކާ ހަވާލުވެލެއްވީ ހެޑް އޮފް ސެންޓްރަލް ޕޮލިސިންގ ކޮމާންޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ.

ހެލްމެޓްތަކާ ހަވާލުވެލައްވައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ދެއްކެވި ވާހަކަ ފުޅުގައި، ޓްރެފިކާ ގުޅުންހުރި ކަންކަމާއި އަދި އެހެނިހެން ކަންކަމުގައިވެސް ލިޓަސްގެ ފަރާތުން ފުލުހުންނަށް ފޯރުކޮށްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި  ޓްރެފިކް މައްސަލަތައް މަދުކޮށް އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކޮށް އިތުރު ކަންކަން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ފުލުހުންނާ ހެލްމެޓްތައް ހަވާލުކޮށްދެއްވައި ލިޓަސްގެ ޖެނެރަލް މެނޭޖަރ އަހުމަދު ޒާހިރު ދެއްކެވި ވާހަކަ ފުޅުގައި، ލިޓަސްގެ ފަރާތުން ފުލުހުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

Litus helmet 1

މިރަސްމިއްޔާތުގައި، ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ލިޓަސްގެ ފަރާތުން 100 ހެލްމެޓް ހަދިޔާ ކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނާއި، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރާއި، ޑިޕާޓްމަންޓްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ. ލިޓަސްގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވީ ޖެނެރަލް މެނޭޖަރ އަހުމަދު ޒާހިރާއި، އެޑްމިނިސްޓްރޭޓަރ ފާޠިމަތު ފިލީޝިޔާ އަދުނާނެވެ.