Kudahuvadhoo

ކުޑަހުވަދޫ ޕްރީ ސްކޫލު ދަރިވަރުން އެރަށު ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކޮށްފިއެވެ.

ސަރުކާރު މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް އޮޅުންފިލުވުމަށް މުއައްސަސާތަކަށް ދަރިވަރުން ކުރަމުންދާ ޒިޔާރަތުގެ ތެރެއިން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް އިއްޔެ  ޒިޔާރަތްކޮށް އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މަޢުލޫމާތު ހޯދާފައިވެއެވެ.

އެގޮތުން ދަރިވަރުން މިކުރި ޒިޔާރަތުގައި، ޕޮލިސް ސްޓޭޝަނުގައި ކުރަމުންދާ މަސައްކަތްތަކާއި މަސައްކަތްތައް ރާވާފައިވާގޮތް ދަރިވަރުންގެ އުމުރާއި ގުޅޭގޮތަށް ބުނެދީފައިވެއެވެ. އަދި ފުލުހުންގެ މަސައްކަތްތަކުގައި ބޭނުންކުރާ ތަކެތި ދަރިވަރުންނަށް ދައްކާލައި އެތަކެއްޗާ ގުޅޭ މަޢުލޫމާތުވެސް ދީފައިވެއެވެ.

ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ޕްރީ ސްކޫލް ދަރިވަރުންކުރި މިޒިޔާރަތުގައި އެސްކޫލުގެ 70 ދަރިވަރުން ބައިވެރިވެފައިވެއެވެ.