Bangura

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 25 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މިއަދު ނައްތާލައިފިއެވެ.

މި މަސްތުވާތަކެތީގެ އިތުރުން ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ދޫނިދޫގައެވެ.

މިއަދު ނައްތާލާފައިވަނީ 2011 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރަލާއި މަސްތުވާތަކެއްޗެވެ.

އެގޮތުން މިއަދު ނައްތާލި ބަނގުރަލުގެ ތެރޭގައި ހިމެނެނީ 23 މައްސަލައަކާއި 20 އިންސިޑެންޓެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 172 ފުޅި ބަނގުރަލާއި 19 ޕެޓް ފުޅިއާއި 112 ބިއަރު ދަޅާއި އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 20 އައިޓަމެކެވެ.