Feeali1

ފ.އަތޮޅުގައި މަސައްކަތްކުރާ ފުލުހުން އިސްނަގައިގެން ފ. ފީއަލީ މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ މަޤްޞަދުގައި ކުޅިވަރު ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ.

މިމަހު 21 ވަނަ ދުވަހު ފުލުހުންނާއި ފީއަލީގެ މުއްއައްސަސާތަކާ ގުޅިގެން ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގެ ތެރެއިން ފުޓްބޯޅަ މުބާރާތެއް ބާއްވާފައިވާއިރު، މި މުބާރާތުގައި ތިން ޓީމަކުން ވާދަކޮށްފައިވެއެވެ. މިމުބާރާތުގައި ވާދަކޮށްފައިވަނީ ފީއަލީ ކައުންސިލް އިދާރާ އާއި ފެންކަ ކޯޕަރޭޝަން ކޮމްބައިން ޓީމާއި، ފ.އަތޮޅު މަދަރުސާ އާއި ފީއަލީ ޞިއްޙީ މަރުކަޒުގެ ކޮމްބައިން ޓީމުގެ އިތުރުން ފ. އަތޮޅު ޕޮލިސް އާއި އަތޮޅު މަދަރުސާގެ ބެލެނިވެރިންގެ ކޮމްބައިން ޓީމެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ފ. އަތޮޅު ޕޮލިސް އާއި އަތޮޅު މަދަރުސާގެ ބެލެނިވެރިންގެ ކޮމްބައިން ޓީމާއި އަތޮޅު މަދަރުސާ އާއި ސިއްޙީ މަރުކަޒުގެ ކޮމްބައިން ޓީމު ވާދަކުރިއިރު، މިމެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަތޮޅު މަދަރުސާ އާއި ޞިއްޙީ މަރުކަޒުގެ ކޮމްބައިންޓީމެވެ.

މި މުބާރާތުގެ ދެވަނަ މެޗުގައި ފ.އަތޮޅު ޕޮލިސް އާއި ބެލެނިވެރިންގެ ކޮމްބައިން ޓީމާއި ފީއަލީ ކައުންސިލް އިދާރާއާއި ފެނަކަ ކޯޕަރޭޝަން ކޮމްބައިން ޓީމް ވާދަކުރިއިރު، މިމެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފީއަލީ ކައުންސިލާއި ފެނަކަ ކޯޕަރޭޝަންގެ ޓީމެވެ.

މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކޮށްފައިވަނީ ފ.އަތޮޅު މަދަރުސާއާއި ޞިއްޙީ މަރުކަޒުގެ ކޮމްބައިން ޓީމާއި ފީއަލީ ކައުންސިލްގެ އިދާރާއާއި ފެނަކަ ކޯޕަރޭޝަންގެ ކޮމްބައިން ޓީމެވެ.

މުއައްސަސާތަކުގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ކުދިބޮޑު ގިނަބަޔަކު ބައިވެރިވެ ސަޕޯޓަރުންގެ ފޯރިޔާއެކު ކުޅުނު ފައިނަލް މެޗު 5-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފީއަލީ ކައުންސިލްގެ އިދާރާއާއި ފެނަކަ ކޯޕަރޭޝަންގެ ކޮމްބައިޓީމެވެ.

ފައިނަލް މެޗް ނިމުމުން ވަނަވަނަ ހޯދި ޓީމުތަކަށާއި ކުޅުންތެރިންނަށް ޢިނާމާއި ތަށި ބައްސަވާދެއްވީ ފ.އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ފ.އަތޮޅު ކައުންސިލްގެ ނައިބް ރައީސް މަޙުމޫދު އަޙުމަދެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފީއަލީ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލެވެ. މުބާރާތުގެ 3 ވަނަ ޓީމަކީ ފ.އަތޮޅު ޕޮލިސްގެ ޓީމެވެ. ރަނަރަޕް ޓީމަކަށް ހޮވުނީ ފ.އަތޮޅު މަދަރުސާއާއި ޞިއްޙީ މަރުކަޒުގެ ކޮމްބައން ޓީމެވެ.

މިފަދަ އިތުރު ޕްރޮގްރާމުތައް ކުރިއަށް އޮތްތަނުގައި އަތޮޅުގެ އެހެން ރަށްރަށުގައި ކުރިޔަށް ވަނީ ހަމަޖެހިފައެވެ.