ދ. އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ހެލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --
ދ. އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ހެލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --

އާއިލީ މަސްލަހަތު ދެމެހެއްޓުމާއި ދަރިން ތަރުބިއްޔަތު ކުރުމާއި ގުޅޭގޮތުން ދ.މީދޫގައި ހުންނަ ދ. އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި އޮކްޓޯބަރ މަހުގެ 21 ވަނަދުވަހު ދ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިންބަފައިން ދަރިންނަށް އަޅާލުމާ އޯގާތެރިކަން ދޭންޖެހޭ މިންވަރާއި ދަރިންގެ ކަންކަން ބަލަހައްޓަންޖެހޭ އުސޫލްތަކާއި ދަރިންނަށް ރީތި އަޙްލާޤު ދަސްކޮށްދިނުމާއި އެކަމުގެ މުހިންމުކަމާއި މައިންބަފައިންނަށް ބައެއްފަހަރު ދަރިންނާމެދު ވެވޭ އިޙްމާލުތަކާއި އެ އިޙްމާލުގެ ސަބަބުން އެކުދިންނަށް ކުރާ އަސަރުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އާއިިލާގެ ތެރޭގައި މައްސަލަތައް ޖެހޭ ސަބަބުތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި އެކަމުގައި ހުރި ގޮންޖެހުންތައް މަދުކޮށް އާއިލާގެ ތެރޭގައި އޮންނަ ގުޅުން ހަރުދަނާކޮށް އެގުޅުން ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ.

މީގެއިތުރުން  ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ދަރިންނަށް ލިބިދޭންޖެހޭ އަސާސީ ހައްޤުތަކަކީ ކޮބައިކަމާއި އެހައްޤުތައް ދިނުމުގައި ތަފާތު ކުރުމެއް ނެތި ދިނުމަށާއި ދިރިއުޅުން އާރާސްތުކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ނޭދެވޭ ޢަމަލުތަކުން ދަރިން ދުރުކޮށް އެކަންކަމުން ސަލާމަތްކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ބެލެނިވެރިންނަށް އަދާކުރެވިދާނެ ދަޢުރާއި ބެލެނިވެރިކަމުގެ ހުނަރުތަކާއި ދަރިންނަށް އަންނަ ބަދަލުތައް ދެނެގަނެވިދާނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.

މި ބައްދަލުވުމުގައި ދ. އަތޮޅު މަދަރުސާގެ ގްރޭޑް 6 އާއި ގްރޭޑް 8 އާ ދެމެދު ގްރޭޑްތަކުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ 26 ބެލެނިވެރިން ބައިވެރިވެފައިވެއެވެ.