police 3

ކުށްމަދު އަމާން މާހައުލެއް ގާއިމު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ލ. ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގަމު ގެއެއް ބަލައިފާސްކޮށް މަސްމަރާ ބަޑިއެއް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.

މަސްމަރާ ބަޑިއެއް ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މިއޮޕަރޭޝަންގައި، އެގޭގައި ހުރި ގަރާޖު ކޯޓު އަމުރެއްގެ ދަށުން މިއަދު ބަލައިފާސްކުރިއިރު، އަމިއްލައަށް ހަދާފައިވާ މަސްމަރާ ބަޑިއެއް ފެނިފައިވެއެވެ.

މަސް މަރާ ބަޑިއަކީ ޤާނޫނު ނަމްބަރު 75/4 ގެ ދަށުން، ހުއްދަ ނެތި ރާއްޖެ އެތެރެކޮށް ގެންގުޅުން މަނާ އެއްޗެކެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.