TS

މޯލްޑިވްސް ޕޮލިސް ސަރވިސްގެ  2019 ން 2024 އަށް އެކުލަވާލައިފައިވާ ސްޓްރެޓިޖިކް ޕްލޭންގެ ރޯޑް އެންޑް މެރިޓައިމް ޕޮލިސިންގައި އެކުލެވޭ ކަންތައްތަކުގެ ތެރެއިން ތާޖުއްދީން ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ 'ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް' ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިހިނގާ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓަންޓް ކަމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޙަމީދެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ޢަބްދުﷲ ޙަމީދު ދެއްކެވި ވާހަކަފުޅުގައި، ސަލަމާތާއި ރައްކާތެރިކަމަށްޓަކައި ކުރެވިދާނެ ކަންތައްތައް މި ޕްރޮގްރާމުގައި ދަރިވަރުންނަށް ކިޔައިދީފައިވާނެ ކަމަށާއި، ޕްރޮގްރާމުން ދަސްވި އެއްޗެހި އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް ދަރިވަރުންނަށްގެ ކިބައިން އެދިލެއްވިއެވެ. އަދި ޕްރޮގްރާމް ނިމިގެން ދިޔައިރު ދަސްވި އެއްޗެހި ރައްޓެހިންނަށާއި އާއިލާގެ މެންބަރުންނަށް ކިޔައި ދިނުމަށްވެސް އެދިލެއްވިއެވެ. އަދި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ސްކޫލުގެ މެނޭޖްމަންޓުން ދެއްވި އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

TS 2

މި ރަސްމިއްޔާތުގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރާއި ޑެޕިއުޓީ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހަސަން ޝަހީމްގެ އިތުރުން ޓްރެފިކް ޑިޕާޓްމަންޓްގެ ޔުނިޓުތަކުގެ އިސްވެރިންނާއި ތާޖުއްދީން ސްކޫލުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

TS 1

ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި ތާޖުއްދީން ސްކޫލް ގުޅިގެން، މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގައި އެސްކޫލްގެ 38 ދަރިވަރުން ބައިވެރިވެފައިވެއެވެ. މިއީ ތާޖުއްދީން ސްކޫލް ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓަރސްގެ ތިންވަނަ ޕްރޮގްރާމެވެ.