Nolhivaram

ހދ. ނޮޅިވަރަމް ޕޮލިސް ޑެސްކުގެ މުވައްޒަފުން އެރަށު ޕްރީސްކޫލަށް ޒިޔާރަތްކޮށްފިއެވެ.

ނޮޅިވަރަމް ޕޮލިސް ޑެސްކުން ޖުލައި 18 ވަނަ ދުވަހު އެރަށު ޕްރީ ސްކޫލަށް މިކުރި މިޒިޔާރަތަކީ ދަރިވަރުންގެ މުޤައްރަރުގައި ހިމެނޭ “ޕީޕަލް ހޫ ހެލްޕް އަސް” މި ފިލާވަޅާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށް އެސްކޫލްގެ އެދުމުގެމަތިން ކުރި ޒިޔާރަތެކެވެ.

މިޒިޔާރަތުގައި، ފުލުހުންގެ މަސައްކަތްތަކާއި ގުޅޭގޮތުން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މަޢުލޫމާތުދީ އަދި ފުލުހުން ބޭނުންކުރާ ބައެއް ތަކެތި ދައްކާލައި އެތަކެތީގެ ބޭނުން ދަރިވަރުންގެ އުމުރާއި ގުޅޭގޮތަށް ބުނެދީފަައިވެއެވެ.

މީގެ އިތުރުން މަގުމަތީގެ ޤަވާއިދުތަކާއި މަގުމަތީގެ އަދަބުތަކާއި ގުޅޭގޮތުން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މަޢުލޫމާތުދީފައިވެއެވެ.

ފުލުހުންގެ މިޒިޔާރަތުގައި، އެސްކޫލުގެ ބޭބީ ނާސަރީ އަދި ނާސަރީގެ 68 ދަރިވަރުން ބައިވެރިވެފައިވެއެވެ.