ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މަރިޔަމް އަޒްލިފާ
Hulhumale

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ ޕޮލިސް ސްޓޭޝަނުން، ބަނގުރާފުޅި ތަކަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ބަނގުލަދޭޝް މީހެކެވެ. އޮކްޓޯބަރ 16 ވަނަ ދުވަހުގެރޭ ގާތްގަނޑަކަށް 19:52 އެހާކަންހާއިރު ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔައިރު ދަބަހެއް ހިފައިގެން އުޅުނު އެމީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރި އިރު އޭނާ ގެންގުޅުނު ދަބަހުގެ ތެރެއިން ހަ ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.