ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ “ލޮޓަސް” ބްރޭންޑްގެ ނޫކުލަ އާއި ފެހިކުލައިގެ ބައިސްކަލަކާއި “ސިޓީ ނައިޓް” ބްރޭންޑްގެ ކަޅުކުލައިގެ ބައިސްކަލެއްގެ ވެރިން ހޯދަން ބޭނުންވެއެވެ.

މި ދެ ބައިސްކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޯތު ހާބަރުގައި އޮތް ބޯޓަކަށް އަރުވާފައި ހުއްޓައި 2019 ޖޫން 25 ވަނަ ދުވަހު އެވެ.

ވީމާ، މި ދެ ބައިސްކަލުގެ ވެރިން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ފޮޓޯޖެހި ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންއަށް ހާޒިރުވެ، ބައިސްކަލާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.