ކަނޑުހުޅުދޫ ސްކޫލުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން --
ކަނޑުހުޅުދޫ ސްކޫލުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން --

ސްކޫލްތަކުގެ ދަރިވަރުންނަށް އެކި ކަންކަމަށް އަހުލުވެރިކުރުވައި ހޭލުންތެރިކުރުމަށް ފުލުހުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ގުޅޭގޮތުން ގއ. ކަނޑުހުޅުދޫ ސްކޫލުގެ ދަރިވަރުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އޮކްޓޫބަރު 15 ވަނަ ދުވަހު ކަނޑުހުޅުދޫ ޕޮލިސް ޑެސްކުން ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި ގުޅޭގޮތުންނާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އެގޮތުން މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި ބައިސްކަލު ދުއްވާއިރު ސަމާލުކަންދޭންވީ ކަންކަމާއި އެކްސިޑެންޓެއް ހިނގައިފިނަމަ ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މިޕްރޮގްރާމުގައި އެސުކޫލުގެ ގްރޭޑް 2 ން 7 އާ ދެމެދު ގްރޭޑްތަކުގައި ތަޢުލީމު ހާސިލްކުރަމުންދާ ހުރިހާ ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމުގައިމައުލޫމާތުދީފައި ވަނީ ގއ. ކަނޑުހުޅުދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހުންނެއެވެ.