Aquatic

ގއ. ވިލނގިލި ޕޮލިސް ސްޓޭޝަނުން އެރަށުގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

ޖުލައި 17 ވަނަ ދުވަހުގެރޭ ގއ. ވިލިނގިލި ކައުންސިލު އިދާރާގައި ބޭއްވި މިރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ ގއ. އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު ފުއާދެވެ.

ޖޫން 17 ވަނަ ދުވަހުން ފެށިގެން އެއްމަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ކަސްރަތުކުރުމުގެ މުހިންމުކަމާއި ހަށިގަނޑަށް ފައިދާހުރި ރަނގަޅުކާނާ ބޭނުންކުރުމާއި ގުޅޭގޮތުން މަޢުލޫމާތުދީ ކަސްރަތުކުރާނެ ރަނގަޅު ގޮތްތައް ބުނެދީފައިވެއެވެ. މިޕްރޮގްރާމުގައި 59 ފަރާތަކުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.

ވިލިނގިލި ޕޮލިސް ސްޓޭޝަނާއި އެރަށު އަންހެނުންގެ ކޮމިޓީ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވެރިފައިވަނީ މިފަދަ ޕްރޮގްރާމްތައް  ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ