ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ ސްކައުޓުންނަށް ފަތަން ދަސްކޮށްދިނުމުގެ ކްލާސްތަކެއް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

ޖޫން 29 ވަނަ ދުވަހުންފެށިގެން 14 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިކްލާސްތަކުގައި، މޫދަށް އެރި އުޅުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންވީ ކަންކަމާއި އަދި މޫދުގައި އުޅޭއިރު ދިމާވާ ހާދިސާތަކުގައި އަމަލުކުރަންވީގޮތް ދަރިވަރުންނަށް ބުނެދީފައިވެއެވެ. އަދި ފެތުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ.

އަފީފުއްދީން ސްކޫލްގެ ގްރޭޑް 6، ގްރޭޑް 7 އަދި ގްރޭޑް 8 ހިމެނޭގޮތަށް 21 ސްކައުޓުން މިޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ.