ރ. މަޑުއްވަރީ، ސްޓާރލައިޓް، ޢާއިޝަތު ނަޝާޔާ -
ރ. މަޑުއްވަރީ، ސްޓާރލައިޓް، ޢާއިޝަތު ނަޝާޔާ -

ރ. މަޑުއްވަރި، ސްޓާރލައިޓް، ޢާއިޝަތު ނަޝާޔާ –

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން  އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ރ. މަޑުއްވަރި، ސްޓާރލައިޓް، ޢާއިޝަތު ނަޝާޔާ (25އ) އެވެ.

ޢާއިޝަތު ނަޝާޔާ ހޯދަމުންދަނީ، ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވެ އެ އަމުރުގައިވާ ތާރީޚުގައި އެ އަމުރުގައިވާ ގަޑިއަށް ކޯޓަށް ހާޒިރުވެފައިނުވާތީ، ފުލުހުންގެ ބަންދުގައި ބަހައްޓައިގެން 2019 ޖުލައި 15 ވަނަ ދުވަހުގެ 10:30 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށްއެދި މޯޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ވީމާ ޢާއިޝަތު ނަޝާޔާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.