youth

ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާރޓްމަންޓުން ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ މުވައްޒަފުންނަށް ފަށައިފިއެވެ.

ސެޕްޓެމްބަރ 30 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރ އަޙްމަދު މަހުލޫފެވެ.

މިރަސްމިއްޔާތުގައި، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުގެ އިސްވެރިންނާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އިސްވެރިންނާ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

youth-1

މި ޕްރޮގްރާމުގައި އެތިކްސް އެންޑް ވެލިއުސް އާއި ސައިބަރ ސޭފްޓީ އަދި ރޯޑް ސޭފްޓީ އާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މަސައްކަތުގެ މާހައުލުގައި ދިމާވާ ކަންކަމާއި ގުޅޭގޮތުންނާއި ދިމާވާ މައްސަލަތައް ހައްލުކުރުމާއި ލީޑަރޝިޕްއާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ޤާނޫނާއި ޤަވާއިދުތަކާއި ގުޅޭ މަޢުލޫމާތު ދިނުމާއެކު އިންޑޯ އަދި އައުޓްޑޯ ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓި އެމްޕަވަރމަންޓްގެ މުވައްޒަފުންނަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި 55 މުވައްޒަފުން ބައިވެރިވެފައިވެއެވެ.