GDhMeeting

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް އާއި ގދ.ވާދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުށްމަދުކުރުމަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އަމާންވެށި ޕްރޮގްރާމާ ގުޅޭ ގޮތުން ގދ.ވާދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއިއެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިޔަށް ގެންގޮސްފިއެވެ.

2019 ޖުލައި 7 ވަނަ ދުވަހު ކުރިޔަށް ގެންދިޔަ މި މަޝްވަރާ ބައްދަލުވުންތަކުގައި މި ޖޫން މަހުގެ 23 ން 29 އަށް ކުރިޔަށް ގެންދާ އަމާންވެށި ޕްރޮގްރާމުގައި ވާދޫގެ އިސްރައްވެހިންނަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުތަކާއި ސްކޫލު ދަރިވަރުންނަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުތަކުގެ އިތުރުން ޒުވާނުންނަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވެއެވެ.

މިމަޝްވަރާ ބައްދަލުވުންތަކުގައި ޑިވިޜަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ޙުސައިން އާއި ގދ.އެޓޯލް ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޖުތަބާ ޒާހިރު އާއި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ފަރާތުން ޕޮލިސް ސްޓާފް ސަރޖަންޓް އިބްރާހިމް ފަރުހާދު ނަސީރު އާއި ގދ.ވާދޫ ޕޮލިސް ސްޓޭޝަން އިންޗާޖު ބައިވެރިވެފައިވެއެވެ.

މި ބައްދަލުވުމުގައި ގދ.ވާދޫގެ ކައުންސިލް އިދާރާ އާއި ގދ.ވާދޫ ސްކޫލާއި ގދ.ވާދޫ ސިއްހީމަރުކަޒުގެ އިތުރުން ގދ.ވާދޫ ޒުވާނުންގެ މަރުކަޒާއި ފެނަކަ ވާދޫ ބްރާންޗުގެ އިސްފަރާތްތައް ބައިވެރިވެލެއްވިއެވެ.