މަތީގައިވާ ވީޑިއޯ އިން ފެންނަ މީހަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، ބައިސްކަލެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެކެވެ.

މިމީހާ ހޯދަމުންދަނީ 2019 ޖޫން 23 ވަނަ ދުވަހުގެ 12:55 އެހައިކަށްހައިއިރު ފަރީދީމަގު ސްޓެޓިކް ކޮމްޕަނީ ކައިރީ ޕާކްކޮށްފައިހުރި ސިލްވަރ ކުލައިގެ ބައިސްކަލެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

footage

ވީމާ މި މީހާއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.