މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތ.ކިނބިދޫގައި  މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ކިނބިދޫގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް އެރަށުގައި މަސައްކަތްކުރާ ފުލުހުންނަށް  ލިބުނު މައުލޫމާތަކާ ގުޅިގެން ޖުލައި 5 ވަނަ ދުވަހު 22:52 ހާއިރު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 39 އަހަރުގެފިރިހެނަކާއި 42 އަހަރުގެ ފިރިހެނެކެވެ.

މި ދެމީހުން ހައްޔަރުކޮށް ބަލާފާސްކުރިއިރު، އެދެމީހުން ހުރިދިމާ ބިންމަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ތ.ތިމަރަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައެްސަލަ ކިނބިދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަޙްޤީޤް ކުރަމުންނެވެ.