ގުރައިދޫގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން : މި ޕްރޮގްރާމުގައި ވަނީ 20 އުޅަނދެއް ބަލައިފާސްކޮށްފައި --
ގުރައިދޫގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން : މި ޕްރޮގްރާމުގައި ވަނީ 20 އުޅަނދެއް ބަލައިފާސްކޮށްފައި --

ކަނޑު ދަތުރުފަތުރު ކުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި ކަނޑުމަތީގައި ހިނގާ ހާދިސާތައް މަދުކުރުމުގެ ގޮތުން މާލެ ސަރަޙައްދުގައި ދަތުރުކުރާ ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ޕްރޮގްރާމެއް މެރިން ޕޮލިސްގެ މެރިން އިންވެސްޓިގޭޝަން ޔުނިޓުން ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ ބުދަ ދުވަހު ކ.ގުރައިދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މުދާއުފުލާ އުޅަނދުފަހަރާއި ޕަސިންޖަރުން އުފުލާ އުޅަނދުތައް ވަނީ ބަލައިފާސްކޮށްފައެވެ. އެގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކޮށްފައިވާ ސީވާދިނަސް ހުއްދައާއި އެއްގޮތަށް އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިތޯ ބެލުމާއި، އެއުޅަނދެއް ދުއްވަނީ ލައިސަންސް އޮތް ފަރާތެއްތޯ ކަށަވަރު ކުރެވިފައިވެއެވެ. އަދި ރޭގަނޑު ވަގުތުތަކުގައި ދަތުރުކުރާނަމަ ނެވިގޭޝަން ލައިޓްތައް ދިއްލައިގެން ދަތުރުކުރުމަށް ނަޞޭޙަތްތެރިވެފައިވެއެވެ.

މީގެއިތުރުން އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން ބުނެދިނުމާއި އުޅަނދުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ވަނީ މައުލޫމާތު ދީފައެވެ.

މި ޕްރޮގްރާމުގެ ދަށުން ކ.ގުރައިދޫން 20 އުޅަނދު ބަލައިފާސްކޮށްފައިވެއެވެ.