Naalafushi 2

މ. މުލީ ޕޮލިސް ސްޓޭޝަނުގެ އިސްނެގުމުގެ މަތިން މ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރާއި ނާލާފުށީ ސްކޫލު ގުޅިގެން އެސްކޫލުގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ޖޫން 29 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ނާލާފުށީ ސްކޫލުގެ 40 ބެލެނިވެރިން ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވަނީ ދަރިން ތަރުބިއްޔަތުކުރުމާއި ގުޅޭގޮތުންނެވެ. އެގޮތުން ކުދިންނަށް އެކި އުމުރު ފުރައިގައި އަންނަ ބަދަލުތައް ދެނެގަނެ އެބަދަލުތަކަށް ބެލެނިވެރިން އަމަލުކުރަންވީ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގައި  މަޢުލޫމާތު ދެއްވީ މ.އަތޮޅު ޖެންޑަރ އެންޑް ފެމެލީ ޗިލްޑްރަން ސާރވިސް ސެންޓަރގެ އަލީ އަޙްމަދު އަދި މ.މުލީ ޕޮލިސް ސްޓޭޝަނުގެ އިންޗާރޖް ޙަސަން ނަޝީދެވެ.