police-212

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ދ.ކުޑަހުވަދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދ.ހުޅުދެލިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މާލެއިން ފުރައިގެން ހުޅުދެއްޔަށް ދަތުރުކުރަމުން ދިޔަ ލޯންޗަކުން ހުޅުދެއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޖޫން 29 ވަނަ ދުވަހުގެ 15:40 ހާއިރު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނެކެވެ.

މި ލޯންޗު ހުޅުދެލީ ބަނދަރާއި ގާތްކުރި ވަގުތު ލޯންޗުން ފޮށިގަނޑެއް ހިފައިގެން ސައިކަލުގައި ދަނިކޮށް މި މީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މި މީހާގެ އަތުގައި އޮތް ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝާއްކުކުރެވޭ އެއްޗެއް ހުރި 50 ކުދި ޕެކެޓާއި، ބުލެޓް ސައިޒްގެ ބޮޑު އެއް ޕެކެޓް ވަނީ ފެނިފައެވެ.

މި މައްސަލަ ކުޑަކުވަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަޙްޤީޤް ކުރަމުންނެވެ.