Info Session

ކުށްމަދު މުޖުތަމަޢެއް ބިނާކުރުމަށް ފުލުހުން ކުރިއަށް ގެންދާ ތަފާތު ޕްރޮގްރާމްތަކުގެ ތެރެއިން “އަމާންވެށި” ކެމްޕެއިންގެ ތެރެއިން އައްޑޫސިޓީ ހިތަދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމުގެ އިތުރުން ހިތަދޫ ސްކޫލްގެ ދަރިވަރުންނަށް މައުލޫމާތުދިނުމުގެ ސެޝަންއެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޖޫންމަހުގެ 26 ވަނަ ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ މައުލޫމާތު ދިނުމުގެ ސެޝަންގައި ސ. ހިތަދޫ ސްކޫލްގެ ގްރޭޑް 5 ން ފެށިގެން ގްރޭޑް 9ގައި ތައުލީމް ހާސިލްކުރަމުންދާ 243 ދަރިވަރުންނަށް ވަނީ މައުލޫމަތުދީފައެވެ. މީގެ ތެރޭގައި 116 އަންހެން ދަރިވަރުންނާއި 127 ފިރިހެން ދަރިވަރުންނަށް ވަނީ މައުލޫމަތުދީފައެވެ. މި ސެޝަންގައި ދަރިވަރުންނަށް މައުލޫމާތު ދީފައިވަނީ މައިން ބަފައިންނަށް އިޙްތިރާމް ކުރުމާއި ކިޔަވާދެއްވާ މުދައްރިސުންނަށްވެސް އިޙްތިރާމްކުރުމުގެ އިތުރުން ކިޔެވުމުގައި ދަރިވަރުން ޒިންމާވާންޖެހޭ ކަންތައްތަކުގައި ޒިންމާވުމާއި މައިންބަފައިންނަކީ ކިހާ މުހިއްމު ބައެއްކަން އަދި ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ބޭނުން ކުރުމުގެ އިތުރުން އެކުއްޖަކު އަނެއް ކުއްޖަކާއި ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމާއި ގުޅޭގޮތުންނެއެވެ.

Kasrathu

އަމާންވެށި ކެމްޕެއިންގެ ތެރެއިން ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި ޖޫންމަހުގެ 18 ން 27 އަށް އާއްމުކޮށް ހުޅުވާލައިގެންނެވެ. މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މިޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ އިޖްތިމާއީ ހަރަކާތެއްގޮތައް ކޮންމެ ދުވަހަކު ހަވީރު ގަޑީ ކުރާ ކަސްރަތު ސެޝަންއަކުންނެއެވެ.

މިގޮތުން މިސެޝަންގައި ރަނގަޅަށް ކަސްރަތު ކުރާނެ ގޮތްތައް ބުނެދިނުމާއި ބަރުދަން ލުއިކުރާނެ ގޮތްތަކުގެ އިތުރުން އިޖުތިމާއީ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަ ދެއްކުމާއި އެމައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މައުލޫމާތުދީފައެވެ. މި ކަސްރަތު ޕްރޮގްރާމް ކުރިއަށްގެންގޮސްފައި ވަނީ އެކަމުގެ ތަމްރީން ލިބިފައިވާ ތަޖުރިބާކާރު ފުލުހުންނެއެވެ.