ކާށިދޫ ގެއަކުން ވަގަށްނަގާފައިވާ ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މަރިޔަމް އަޒްލިފާ
ކާށިދޫ ގެއަކުން ވަގަށް ނަގާފައިވަނިކޮށް ހޯދާފައިވާ ތަކެތި --
ކާށިދޫ ގެއަކުން ވަގަށް ނަގާފައިވަނިކޮށް ހޯދާފައިވާ ތަކެތި --

ކ.ކާށިދޫ ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ކާށިދޫ ގެއަކުން ވައްކަން ކޮށްފައިވާކަމަށްބުނެ ޖޫން 23 ވަނަ ދުވަހުގެ ހެނދުނު 10:50 ހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިމީހާ ފުލުހުންގެ ބެލުމުގެދަށަށްގެނެސް މިމީހާ ދިރިއުޅޭގެ ބަލައިފާސްކުރިއިރު އެގޭގެ ގޯތިތެރޭގައި ވަޅުލާފައިވަނިކޮށް 04 މޯބައިލް ފޯނާއި، ގަޑިއަކާއި 2500 ދިވެހި ރުފިޔާ ފެނިފައިވެއެވެ.

ވައްކަމުގެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މިމީހާގެ ބަންދާއިމމެދު ގޮތެއް ނިންމުމަށް ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 07 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ކ.ކާށިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.