ihavandhoo

ހއ. އިހަވަންދުއަކީ ކުށްމަދު އަމާން ރައްކާތެރި ރަށެއްގެ ގޮތުގައި ބޭއްވުމަށް އިހަވަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުށްމަދު ކުރުމުގެ އޮޕަރޭޝަންތަކެއް އެރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން ޖޫން22 ވަނަ ދުވަހުގެރޭ ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގައި، ކުށްތަކަށް މަގުފަހިވާގޮތަށް އެރަށުގައި ހުރި ފަޅުގެތަކާއި ހުސްބިންތަކާއި ވަލުތެރެއާއި ރަށުތެރޭގައި ގުރޫޕް ހަދައިގެން މީހުން އެއްވެ އުޅޭ ސަރަހައްދުތައް ބަލައިފާސްކޮށްފައިވެއެވެ.

މީގެއިތުރުން މުދާ ރައްކާތެރިކޮށް ބެހެއްޓުމަށް ފިހާރަތަކުގެ ވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ފިހާރަ ބަންދުކުރާއިރު ފިހާރައިގެ ބޭރުގައި އަގު ބޮޑެތި މުދާތައް ނުބެހެއްޓުމަށާއި ރައްކާތެރިކަމާއި އެކު ގުދަންކޮށްފައި ބެހެއްޓުމަށާއި ފިހާރަ ބަންދުކުރުމަށްފަހު ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުމަށް އިރުޝާދުދީފައިވެއެވެ.

ކުށްމަދު އަމާން ވެއްޓެއް ޤާއިމުކުރުމަށްޓަކައި މިފަދަ އޮޕަރޭޝަންތައް ސިލްސިލާކޮށް އިހަވަންދޫ ޕޮލިސް ސްޓޭޝަނުންދަނީ ހިންގަމުންނެވެ.