00

ފުވައްމުލައް ސިޓީގެ އައިޑިއަލް ޕްރީ ސްކޫލުގައި ތަޢުލީމް ހާޞިލްކުރަމުންގެންދާ އެލްކޭޖީއާއި ޔޫކޭޖީގެ ދަރިވަރުން މެރިން ޕޮލިސް ލޯންޗަށް ޒިޔާރަތްކޮށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މަޢުލޫމާތު ހޯދައިފިއެވެ.

މެރިން ޕޮލިހާއި ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، ދަރިވަރުންނަށް މަޢުލޫމާތުދީފައިވަނީ މެރިން ޕޮލިސްގެ ލޯންޗުގައެވެ. އެގޮތުން  މެރިން ޕޮލިސްގެ މަސައްކަތްތަކަކީ ކޮބައިކަން ދަރިވަރުންނަށް ބުނެދީފައިވެއެވެ. އަދި ދަތުރެއް ކުރަން ފެށުމުގެ ކުރިން އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިކަން ބުނެދީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން ދަރިވަރުންގެ އުމުރާއި ގުޅޭ ގޮތަށް ބުނެދީފައިވެއެވެ. މީގެއިތުރުން ކަނޑުމަތީގެ ހާދިސާއެއް ދިމާވުމުން އަމަލުކުރަންޖެހޭ ގޮތްތައް ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ބުނެދީފައިވެއެވެ.

ޖޫން 19 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، އައިޑިއަލް ޕްރީ ސްކޫލުގެ 200 ދަރިވަރުން ބައިވެރިވެފައިވެއެވެ.