MPS2253

މަގުމަތިން ހޮވައިގެން ގެނެވިފައިވާ ފައިސާތަކެއްގެ ވެރިފަރާތެއް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ފައިސާތަކަކީ 2019 ޖޫން 9 ވަނަ ދުވަހުގެ ވަގުތެއްގައި މަޖީދީމަގު އިރާކުމާގެ ކުރިމަތިން މަގުމައްޗަށް ވެއްޓިފައިވަނިކޮށް، މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ފެނުނު ފައިސާތަކެކެވެ.

ވީމާ ފައިސާތަކުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އިނގޭ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ، ފައިސާތަކާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.