Mulaku Volley

މ. މުލަކު ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން އެރަށުގެ ޒުވާނުންނަށް ޚާއްސަކޮށްގެން “ކަނޑޫފާ ވިލެޖް” ގެ ނަމުގައި ތުރީ އޮން ތުރީ ވޮލީބޯޅަ މުބާރާތެއް ކުރިޔަށް ގެންގޮސްފިއެވެ.

މުލަކުގައި ވޮލީބޯޅައިގެ ފޯރި އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޖޫން މަހުގެ 4 ން 8 އަށް މުލަކު ވޮލީ ކޯޓުގައެވެ.

މި މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ބައިވެރިވެފައިވާއިރު މިމުބާރާތުގައި ފައިނަލުގައި ވާދަކޮށްފައިވަނީ މިސްޔޫ ވޮލީޓީމާއި ގެލެކްސީ ވޮލީ ޓީމެވެ. މިމެޗު  2-1 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިސްޔޫ ވޮލީޓީމެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް އަދި ރަނަރަޕް ޓީމަށް ޓްރޮފީއާއި މެޑަލް ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން މ. އަތޮޅުގެ ކޮމާންޑަރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޒިޔާދު ޢަލީއެވެ.