Looth & Iuthisham

ސ. ގަން ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މާރާމާރީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ  ސ. ފޭދޫ / ޝަބުނަމީވިލާ، އަޙްމަދު ލޫޠު ނަޢީމް (18އ) އާއި ސ. ފޭދޫ / ހަވީރީނާޒު، އިޢުތިޞާމް މުޙައްމަދު (21އ) އެވެ.

ވީމާ މި ދެމީހުންނާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސ. ގަން ޕޮލިސް ސްޓޭޝަންގެ  ނަންބަރު 9792058 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރުދަންނަވަމެވެ.