Thaa atoll

ޑިވިޜަން ކޮމާންޑަރާއި ތ. އަތޮޅު ކޮމާންޑަރު ތ. އަތޮޅު ކައުންސިލާއިއެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންގޮސްފިއެވެ.

ތ. އަތޮޅު ކައުންސިލް އިދާރާގައި މެއި 29 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި މަޝްވަރާ ބައްދަލުވުންތަކުގައި، ތ. އަތޮޅަކީ ކުށްމަދު އަމާން މުޖުތަމައެއް ޤާއިމު ވެފައިވާ އަތޮޅަކަށް ހެދުމަށްޓަކައި ކުށްމަދުކުރުމަށް ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

އަދި ކައުންސިލުން ކުރިއަށް ގެންދިއުމަށް ރާވާފައިހުރި އިޖްތިމާޢީ ކަންކަމުގައި ފުލުހުން ބައިވެރިވުމާއި ފުލުހުންގެ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައި ވެއެވެ.

މި ބައްދަލުވުމުގައި، ޑިވިޜަން ކޮމާންޑަރާއި ތ. އަތޮޅު ކޮމާންޑަރު ކަމާއި އަލަށް ހަވާލުވެލެއްވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޒިޔާދުއާއި ތ. އަތޮޅު ކައުންސިލްގެ ރައީސާއި ނާއިބު ރައީސްގެ އިތުރުން ކައުންސިލް މެންބަރުން ބައިވެރި ވެފައިވެއެވެ.