މި ރަސްމިއްޔާތުގައި، ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދު ދެއްކެވި ވާހަކަ ފުޅުގައި، މޯލްޑިވްސް ޗެސް އެސޯސިއޭޝަނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މި މުބާރާތަކީ ފުލުހުންގެ ތެރޭގައި ތިބި ރާޒުވާ ކުޅުމަށް ޝައުޤުވެރިވާ ފުލުހުންނަށް އެފުރުޞަތު ހޯދައިދިނުމާއި ޕޮލިސް ކުލަބުގެ ރާޒުވާ ޓީމެއް އެކުލަވާލުމަށް ކުރިއަށް ގެންދެވުނު މުބާރާތަކަށް ވުމުން ވަނަވަނަ އަށް ދިޔަ ބައިވެރިން ޤައުމީ މުބާރާތްތަކުގައި ބައިވެރި ކުރާނެކަމަށާއި އަދި އެހެނިހެން މުބާރާތްތަކުގައި ބައިވެރިކޮށްދޭނެ މުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާރުގައި، ޝަރަފުވެރި މެހުމާން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުހައްމަދާއި ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދާއި މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ މެންބަރުންނާއި މުބާރާތުގެ ބައިވެރިން ބައިވެރި ވެފައިވެއެވެ.